ތާރީޚް

ޅޮހީ މީހުންގެ ވާހަކަ

މިއަދުގެ ޙަޤީގަތާއި، މާދަމާގެ ތަަސައްވަރާއި، ކުރިމަގުގެ އުންމީދުތައް، އިއްޔެގެ ކާބަފައިންގެ މިންނަތް، އަގުހުރި މަސައްކަތާއި ޤުރުބާނީއާއި ގުޅި ލާމެހިފައިވާނެ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫވެ. މާޒީގެ ސަފްޙާ ތަކަކީ އޭގައި ހައުއުހާވެރިކަމާއި އެތައް އާހްތަކެއް، ޢިބްރަތްތަކަކާއި، ފިލާވަޅުތަކެއް އެކުލެވިފައިވާ ސަފްޙާތަކެކެވެ. ކާބަފައިންގެ ރައްވެހި ވިސްނުމާއި، އެކުވެރި ގުޅުންތަކާއި، ފަންނުވެރި މަސައްކަތާއި، ޢަބުރުވެރި ދިރިއުޅުން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްްދީ އެއިން އިބްރަތްތަކެއް ހާސިލުކުރުމަކީ މުހިންމު ކަމެކެވެ. 

”ޅޮހީ މީހުންގެ ވާހަކަ“ މިއީ ޅޮހީގެ ތާރީޚާއި ސަޤާފަތުގެ އުސްއަލިތަކުގެ މައްޗަށް އެކުލަވާލާ ތާރީޚް ފޮތެއް ލިޔުމުގެ މަޝްރޫއެކެވެ. މި މަޝްރޫޢާއު އެކު ޅޮހީގެ ތާރީޚާއި، ސަގާފަތާއި، އިއްޔެއާއި މިއަދަުގެ ލައްކަ ގިނަ މަޢުލޫމާތު އެއްކޮށް، އެއްތަންކޮށް ތިލަކުރެވޭނެކަމަށް އުންމީދުކުރަމެވެ.