ޅޮޙީ ކައުންސިލުން އިންތިޒާމްކުރާ ފުރަތަމަ ފުޓްސަލް މުބާރާތް ”ޅޮހީ ސްޕޯރޓްސް ޗެލެންޖް ފުޓްސަލް ޓޯރނަމެންޓް 2023“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޅޮހީގައި ފުޓްބޯޅައިގެ ރޫޙްދިރުވާ އާލާކޮށް، ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި ފިރހެން 5 ޓީމާއި އަންހެން 3 ޓީމް ބައިވެރިވިއެވެ. މި މުބާރާތް ފެށިފައިވަނީ 17 އޮކްޓޫބަރ 2023 ގައެވެ. މުބާރާތތުގައި އަންހެންޑިވިޝަންގެ 3 މެޗް އަދި ފިރިހެން ޑިވިޝަންގެ 10 މެޗް ކުޅެވުނެވެ. ޕޮއިންޓް އުސޫލުން ކޮންމެޓީމެއް ކޮންމެޓީމަކާ ބައްދަލުކުރާ ގޮތަށް ކުޅުނު މި މުބާރާތުގެ އަންހެން ޑިވިސަންގެ ފައިނަލަށް ދަތުކުރީ ގޮސިޕް ގާރލް އާއި ނޫނު ޕޮލިސް އެވެ. ފިރިހެން ޑިވިސަންގެ ފައިނަލަށް ދިޔައީ ޔުނައިޓެޑް އީސްޓް ކޯސްޓާއި، އަވެންޖަރސް އެވެ.
މުބާރާތުގެ ފިރިހެން ޑިވިސަންގެ އުސްއަލިތައް:
މުބާރާތުގައި ބައިވެރިވި ޓީމްތައް:
- ޔުނައިޓެޑް އީސްޓް ކޯސްޓް
- އަވެންޖަރސް
- ސަންސް
- އީސްޓް ކޯސްޓް
- ސްޓްރައިކަރސް
މުބާރާތުގެ ވަނަތައް:
- ޗެމްޕިއަން ޓީމް: ޔުނައިޓެޑް އީސްޓް ކޯސްޓް (8 ލަނޑު)
- ރަނަރ އަޕްޓީމް: އަވެންޖަރސް (4 ލަނޑު)
- ފެއަރޕްލޭ ޓީމް: ސަންސް
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން:
- އަބްދުﷲ ރިމާޙް (ޔުނައިޓެޑް އީސްޓް ކޯސްޓް)
- ޙަސަން ޔައީޝް (ޔުނައިޓެޑް އީސްޓް ކޯސްޓް)
- އިބްރާހިމް އަފްސަލް (އަވެންޖަރސް)
- މުރުތަލާ ރަޝީދު (އަވެންޖަރސް)
- ޢަލީ އިބްރާހީމް ދީދީ (ސަންސް)
މުބާރާތުގެ އެންމެ މޮޅޮކީޕާރ: ހަމްދާން އަޙްމަދު (އަވެންޖަރސް)
މުބާރާތުގެ ޓޮޕް ސްކޯރާރ: ޢަބްދުﷲ ރިމާޙް (ޔުނައިޓެޑް އީސްޓް ކޯސްޓް)
މުބާރާތުގެ އެންމެ މޮޅު ކުޅުން ތެރިޔާ – ފުޓްސަލް ކިންގް: ޢަބްދުﷲ ރިމާޙް (ޔުނައިޓެޑް އީސްޓް ކޯސްޓް)
މުބާރާތުގެ އަންހެން ޑިވިސަންގެ އުސްއަލިތައް:
މުބާރާތުގައި ބައިވެރިވި ޓީމްތައް:
- ގޮސިޕް ގާލްސް
- ނޫނު ޕޮލިސް
- ހޭވޭ އެފްސީ
މުބާރާތުގެ ވަނަތައް:
- ޗެމްޕިއަން ޓީމް: ގޮސިޕް ގާލްސް (4 ލަނޑު)
- ރަނަރ އަޕްޓީމް: ނޫނު ޕޮލިސް (3 ލަނޑު)
- ފެއަރޕްލޭ ޓީމް: ނޫނު ޕޮލިސް
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން:
- މަރިޔަމް ސުމާ (ގޮސިޕް ގާލްސް)
- މަރިޔަމް ނަޝްފާ (ގޮސިޕް ގާލްސް)
- ނާބާހާ މުޙައްމަދު (ގޮސިޕް ގާލްސް)
- އައިޝަތު އަޒީމާ (ނޫނު ޕޮލިސް)
- މަރިޔަމް ސަޒުނާ (ނޫނު ޕޮލިސް)
މުބާރާތުގެ އެންމެ މޮޅޮކީޕާރ: ފާތުމަތު ނުހާ (ގޮސިޕް ގާލްސް)
- މުބާރާތުގެ ޓޮޕް ސްކޯރާރ: މަރިޔަމް ސުމާ (ގޮސިޕް ގާލްސް)
- މުބާރާތުގެ އެންމެ މޮޅު ކުޅުން ތެރިޔާ – ފުޓްސަލް ކުއީން: މަރިޔަމް ސުމާ (ގޮސިޕް ގާލްސް)