ޅޮހީ ސްޕޯރޓްސް ޗެލެންޖް ފުޓްސަލް ޓޯރނަމެންޓް 2023 ގައި ބައިވެރި ވުމުގެ ފުރުޞަތު ޅޮހީގެ ޒުވާނުންނަށް ހުޅުވާލަމެވެ.
ޒުވާނުންނަށް އަމާޒުކޮށް 2020 ން ފެށިގެން ސިލްސިލާކޮށް މިރަށުގައި ފުޓްސަލް މުބާރާތް ބާއްވަމުން އައިސްފައިވަނީ ރަންބިން ފިއެސްޓާ ފުޓްސަލް ޓޯރނަމެންޓް ނަމުގައި ސީޑް އެސޯސިއޭޝަނުންކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ. އަދި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މި ކައުންސިލުންވަނީ ތަކެތީގެ ގޮތުންނާއި، ފައިސާގެ ގޮތުން ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވެ.
ޅޮހީ ސްޕޯރޓްސް ޗެލެންޖް ފުޓްސަލް ޓޯރނަމެންޓް 2023 ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޫބަރ މަހުގެ 17 ވަނަ ދުވަހުއެވެ. މި މުބާރަތް ކުރިއަށް ގެންދާނީ ދެ ޖިންސުގެ ޒުވާނުންނަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 5 އޮކްޓޫބަރ 2023 ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ތިރީގައިވާ އެޕްލިކޭޝަން ފޯރމް ފުރުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯރމް ފުރުއްވުމުގެ ކުރިން މުބާރާތުގެ ޤަވާޢިދު ރަނގަޅަށް ކިޔާލެއްވުން އެދެމެވެ.
މުބާރާތުގެ ޤަވާޢިދު
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް