ރައްކާތެރިގޮތުގައި ކުނިނައްތާލުން


ކުނިނައްތާލުމަކީ ރަށްފުށުގައި ދިމާވެފައިވާ ވަރަށްބޮޑު މައްސަލަ އެކެވެ. ހާއްސަކޮން ޕްލާސްޓިކާއި ނެޕީ ފަދަ ކުނިބުނި ނައްތާލުމުގައި ގިނަގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންކަމުން ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށްޓަކައި ކުނި ނައްތާލުމާގުޅޭ އެކްޝަން ޕްލޭނެއްވަނީ އެކުލަވާލެވިފައެވެ. މި އެކްޝަން ޕްލޭން ތަންފިޒުކުރުމުގެ ގޮތުން ރައްޔިތުންނާއި އެހީދޭ އެހެނިހެން މުޢައްސަސާ ތަކާއެކު ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ.

ގޭ ބިސީތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތުގައި ބައިވެރިވެލެއްވުމަށް/ ނުވަތަ ދޫކޮށްލުމަށް މިލިންކަށް ޒިޔާރަތް ކޮށްލައްވާ!

ގޭބިސީތަކުންނާއި އެހެނިހެން މުއައްސަސާތަކުން ކުނި ވަކިކުރަންޖެހޭ މިންވަރު:

  • ފަތްކުނި: (ފަތްކުނި ހުންނަން ވާނީ ގޯންޏައް އަޅާ ފައެވެ)
  • ބަދިގެއިން އުކާލާ ކާބޯތަކެތީގެ ބާވަތްތައް (ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ބާކީވާ ޒާތުގެ އެންމެހާ ތަކެތި)
  • ނެޕީ ( ނެޕީ ބަހައްޓަންވާނީ ފެންނޭޅަށްގޮތަށް މަތިޖަހާ ބަންދުކޮށްފައެވެ)
  • ޕްލާސްޓިކު ފުޅި ( ފުޅި ބަހައްޓަންވާނީ އެތެރޭގައިވާ އެއްޗެއް ރަނގަޅަށް ހުސްކޮށް ސާފުކޮށްފައެވެ)
  • ބިއްލޫރި ފުޅި ( ބިއްލޫރި ފުޅިބަހައްޓަންންވާނީ އެތޭގައިވާ އެއްޗެއް ރަނގަޅަށް ހުސްކޮށް ސާފުކޮށްފައެވެ)
  • ދަގަނޑު ދަޅާއި ފުޅި ( ދަޅު ބަހައްޓަންވާނީ އެތެރޭގައިވާ އެއްޗެއް ރަނގަޅަށް ހުސްކޮށް ސާފުކޮށްފައެވެ)
  • ދަގަނޑުގެ އެހެނިހެން ބާވަތްތައް ( ފުޅި އާއި ދަޅު ނޫން އެހެނިހެން  މައުދަނުގެ/ދަގަނޑުގެ ބާވަތްތައް)
  • އެހެނިހެން ޕްލާސްޓިކް ( ފުޅި ނޫން އެހެނިހެން ޕްލާސްޓިކް ބާވަތްތައް)
  • ބޮނބި، އުނބު އަދި ކުރުނބާ ފިހި ފަދަ ބާވަތްތައް ( މިފަދަ ބާވަތްތައް ބަހައްޓަންވާނީ ފަތްކުންޏާއި ވަކިން ގޯންޏަކަށް އަޅާފައެވެ.
  • ގަލާއި ވެލި، ތަށި މުށި، ގާފުނޑު
  • ހާއްސަ ކުނި ( މިފަދަ ކުނީގެ ގޮތުގައި ބެލެވޭނީ ބޮޑަތި ގަހާއި، ރުކާއި، ފަތްކެޔޮގަހާއި، އައިސް އަލަމާރި، ދޮންނަ މެށިން، ފަރުނީޗަރު، ގޮދަޑި، ބިއްލޫރި ފަދަ ކުނީގެ ގޮތުގައި އުކާލެވޭ ބަރު އަދި ބޮޑަތި ބާވަތްތަކެވެ. މިފަދަ ބާވަތްތައް ބަހަށްޓަންވާނީ 4 ފޫޓަށްވުރެ ދިގުނުވާގޮތަށް ބުރިކޮށްފައެވެ. ނުވަތަ އުފުލާ ގެންގުޅެން ފަސޭހަ މިންވަރަށް ބުރިކޮށްފަ ނުވަތަ ކުދި ކޮށްފައެވެ.)
  • ނުރައްކާތެރި ކުނި ( ބޭހާއި އެހެނިހެން ނުރައްކާތެރި މެޑިކަލް އައިޓަމްތައް، ދަނޑުވެރިކަމުގައާއި އެނޫންވެސް ބޭނުމަކަށް ބޭނުންކުރާ އެންމެހާ ކާނާއާއި، ބޭހާއި ކެމިކަލް ބާވަތްތައް)
  • ފައިބަރު ( ފައިބާރުގެ އެންމެހާ ބައިތައް ބަހައްޓަންވާނީ ހިފާގެންގުޅެން ފަސޭހަ ގޮތަކަށް ގޯންޏަށް އަޅާ ބަންދު ކުރެވިފައެވެ. ފައިބަރު ކުނީގެ ގޮތުގައި ފައިބަރު ނުވަތަ ރެސިން އަޅާން ގެންގުޅޭ ދަޅާއި ފުޅިވެސް ހިމެނެއެވެ. މިފަދަ ދަޅާއި ފުޅި ބަހައްޓަންވާނީ ވަކި ގޯންޏަކަށް އަޅާ ބަންދުކޮށްފައެވެ.)
  • އީ ވޭސްޓް ( އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ބާވަތްތައް، އޭގެ މަދަބޯޑާއި، ކަރަންޓުނަރު ފަދަ ބައިވަތްތައް)
  • ބަދިގޭ ކުންޏާއި ކުނިވާޒާތުގެ ތަކެތި ( މިފަދަ ކުނި ގޭގޭގައި ބަހައްޓަންވާނީ ކުނިމެނޭޖްކުރާ މަރުކަޒުގެ މުވައްޒަފުން ކުނި ނަގަންދާއިރު ފަސޭހައިން ނެގޭގޮތަށް ގޯތިތެރޭގައި މެހި ނުޖައްސާގޮތަށް ބަންދުކޮށްފައިވާ އެއްޗެއްގައެވެ.)

މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ބާވަތެއްވެސް ބަހަށްޓަންވާނީ ރަނގަޅަށް ބައިކޮށް ގޯނިގޯންޏަށް އަޅާފައި މަގުމައްޗަށް ނުނެރި އެ ގެއެއްގެ ނުވަތަ އެތަނެއްގެ ގޯތިތެރޭގައެވެ. މީގެ ތެރޭގައި ”ހާއްސަ ކުންޏެއް“ ނުހިމެނޭނެއެވެ. މިފަދަ ކުނިނަގާނީ ހަފްތާއަކު ގިނަވެގެން ދެ ދުވަހުއެވެ. ނަމަވެސް އިމަޖެންސީކޮށް އުކާލަންޖެހޭ މިފަދަ ކުނީގެ ބާވަތައްތައް ކުނިމެނޭޖްކުރާ މުވައްޒަފުންގެ އެހީތެރިކާމާއެކު އުކާލެވިދާނެއެވެ. އަދި މިފަދަ ކުނިއުކާދޭނީ ދަތުރަކަށް 25ރ ގެ ރޭޓުންނެވެ.

ކުނި މެނޭޖްކުރާ ސެންޓަރުގައި ކުނި ވަކިކުރަން ޖެހޭ މިންވަރު:

  • ކޮމްޕޯސްޓް ކުރެވޭ ބާވަތްތައް
  • ޕްލާސްޓިކް
  • ޕްލާސްޓިކް ފުޅި
  • އެހެނިހެން ޕްލާސްޓިކުގެ ބާވަތައް
  • ބިއްލޫރި
  • ދަގަނޑު އަދި އެލްމިނިއަމް ދަޅާއި ފުޅި
  • ދަގަނޑު އަދި އެލްމިނިއަމް ފަދަ މައުދަނުގެ އެހެނިހެން ބާވަތްތައް
  • ނުރައްކާތެރި ކުނި
  • ހާއްސަ ކުނި
  • ފައިބަރުގެ ބާވަތައް

ޚިދުމަތުން ފީނެގުން

ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިވާ ފަރާރްތަކުގެ އަތުން އަންނަވި ގޮތުގެ މަތިން ފީ ނެގޭނެއެވެ

ހ- މީހުން ދިރިއުޅޭ ކޮންމެ ގެއަކުން މަހަކު -/150ރ (ސަތޭކަ ފަންސާސް ރުފިޔާ)

ށ- މީހުން ދިރިނޫޅޭ ކޮންމެ ގޯއްޗަކުން މަހަކު -/130ރ (ސަތޭކަ ތިރީސް ރުފިޔާ)

ނ- ވިޔަފާރިކުރާ ފިހާރަތަކުން މަހަކު -/200ރ (ދުއިސައްތަ ރުފިޔާ)

ރ- ހަމައެކަނި ބަދިގޭގައި އުފެދޭ ކުނި ނައްތާލުން (ކުނީގެ ޚިދުމަތުގައި ގޯތި ސާފުކުރުމަށް ބައިވެރިވެފައި ނުވާނަމަ) މަހަކު މަހަކު -/100ރ (ސަތޭކަ ރުފިޔާ)

ބ- އެއްގޭގައި އެއްގޭބިސީއަށް ވުރެ ގިނަ ގޭބިސީ ދިރިއުޅޭގޮތަށް ހުންނަ ތަންތަނުގައި އިތުރުވާ ގޭބިސީގެ ބަދިގޭގައި އުފެދޭ ކުނި ނައްތާލުމަށް މަހަކު -/50ރ (ފަންސާސް ރުފިޔާ)

ޅ- ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުން މަހަކު -/250ރ (ފަސްސަތޭކަ ރުފިޔާ)

  ކ- ގެސްޓް ހައުސްތަކުން މަހަކު -/300ރ (ތިން ސަތޭކަ ރުފިޔާ)

އ- ހަރުގެވަޅުތަކުންނާއި ސިނާޢީ މަސައްކަތް ކުރާ ތަންތަނުން: 1000 ރ

މިޚިދުމަތުގައި ބައިވެރިވެފައިވާ ފަރާތަކުން، ޚާއްޞަ ޙާލަތުގައި ނަގަންޖެހޭ ކުނި،  ކުނި މެނޭޖްކުރާ މަރުކަޒަށް އަމިއްލައަށް ގެންދާ ނަމަ އެއްވެސް ފީއެއް ނުނަގާނެއެވެ. ކުނި މެނޭޖްކުރާ މަރުކަޒުގެ އުޅަނދުގައި މަރުކަޒުގެ މުވައްޒަފުން ކުނި އަރުވައި ބޭލުމާއެކު ކުރެވޭ ދަތުރަކަށް ނަގާނީ -/30 (ތިރީސް ރުފިޔާ) އެވެ.  ކަސްޓަމަރު ކުނިއަރުވާ ބާލާގޮތަށް ކުނި މެނޭޖްކުރާ މަރުކަޒުގެ އުޅަނދުގައި ކުރެވޭ ދަތުރަކަށް ނަގާނީ  -/20 (ވިހި ރުފިޔާ) އެވެ. ދ- ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުނި ނައްތާލުމުގެ ޚިދުމަތުގެ މަހު ފީ ކައުންސިލްގެ އިދާރާއަށް ދައްކަން ވާނެއެވެ. ހިނގާމަހުގެ 10 ވަނަ ދުވަހުގެ ފަހުން ފާއިތުވި މަހުގެ ފީ ބަލައި ގަނެވޭނީ އިތުރަށް ހިނގާ ކޮންމެ ދުހަހަކަށް-/1ރ (އެއް ރުފިޔާ) ގެ ޖޫރިމަނާ ފައިސާ އާއި އެކުގައެވެ. އަދި ކުނީގެ ފީ ނުދައްކައި 1 މަސް ދުވަސް ފާއިތު ވެއްޖެނަމަ އެ ފަރާތަކަށް ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުން ހުއްޓާލެވޭނެއެވެ. މީގެ އިތުރުން އެފަދަ ފަރާތަކަށް ދެން އަލުން ޚިދުމަތް ދޭން ފަށާނީ ކުނީ ފީ އާއި ޚިދުމަތް މެދުކަނޑާލެވެންދެން ކުރެވިފައިވާ ޖޫރިމަނާ ފައިސާގެ އިތުރުން، ޚިދުމަތް އަލުން ފެށުމުގެ ފީއެއްގެ ގޮތުން -/100ރ (ސަތޭކަ ރުފިޔާ) ގެ ފީ އެއް ދެއްކުމުންނެވެ.

މި ޚިދުމަތުގައި ބައިވެރިވެފައި ނުވާ ފަރާތްތައްވެސް ކުނި ނައްތާލަން ޖެހޭނީ ކުނި މެނޭޖްކުރާ މަރުކަޒު މެދުވެރިކޮށެވެ. އަދި ކުނި ވަކިކުރުމާއި، ބަންދުކުރުމާއި، ރައްކާތެރިގޮތުގައި ކުނިނައްތާލުމަށާއި، ރަށުން ބޭރަށް ކުނިގެންދިއުމަށް ހިނގާ ހަރަދުތައް ކުރުމަށްޓަކައި، ކުނިކޮށި ބޭނުންކުރާ ހުރިހާ ފަރާތަކުންވެސް ފީއެއް ދައްކަން ޖެހޭނެއެވެ. މިގޮތުން ކައުންސިލުން ފޯރުކޮށްދޭ ކުނިއުކައިދިނުމުގެ ޚިދުމަތުގައި ބައިވެރިނުވާ ފަރާތްތަކުން އަންނަނިވި ގޮތްތަކުގެ މަތިން ފީ ނެގޭނެއެވެ.

  1. ގޭބިސީތަކުން: 50ރ
  2. ހަރުގެ ވަޅު ތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުން: 500 ރ
  3. ސަރުކާރު މުއައްސަސާ ތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން: 300ރ
  4. ކެފޭތަކުން: 100 ރ
  5. ވިޔަފާރިގެ ތަކުން: 100 ރ
  6. ގެސްޓް ހައުސް ތަކުން: 200ރ