2024 ވނަ އަހަރަށް ރޭވިފައިހުރި ކުޅިވަރު ހަރަކާތްތައް

މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ގައި ބައިވެރިވުން
ނ. ކެނދިކުޅުދޫގައި މިއަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި ޅޮހީ ފުޓްބޯޅަ ޓީމް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
23 އޭޕްރީލް 2024ކ. ކެނދިކުޅުދޫ ސްޓޭޑިއަމް

ޅޮހީ ފުޓްސަލް ޓޯރނަމެންޓް 2024
ޅޮހީގެ ހުރިހާ ޒުވާނުނަނަށް އަމާޒުކޮށްގެން ހިންގާ ވާދަވެރި ފުޓްސަލް މުބާރާތް މިއަހަރުވެސް އޮންނާނެއެވެ.
ސެޕްޓެމްބަރ 2024ޅޮހީ ފްޓސަލް ދަނޑު

އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2024
ރަށުގައިހުރި ސަރުކާރު މުޢައްސަސާތަކާއި، ކުންފުނިތަކުގެ މެދުގައި ކުރިއަށް ގެންދެވޭ އެކުވެރިކަމުގެ ފުޓްސަލް މުބާރާތް މިއަހަރުވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފަ އެވެ.
ޖޫން 2024ޅޮހީ ފުޓްސަލް ދަނޑު

ޅޮހީ ބޮޑު އޮޅު ޗެލެންޖް
ޅޮހީ ކައުންސިލުން ބާއްވާ ފުރަތަމަ ރާޅާއެޅުމުގެ މުބާރާތް މިއަހަރު ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ނޮވެމްބަރ 2024ޅޮހީ ބޮޑު އޮޅު

ޅޮހީ ކައުންސިލް ވޮލީ ޗެލެންޖް 2024
ޅޮހީ ކައުންސިލުން ކުރިއަށް ގެންދާ ފުރަތަމަ ވާދަވަރި ވޮލީ މުބާރާތް މިއަހަރު ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. މުބާރާތުގެ ކުރިން ވޮލީ ކޯޗިންކޭމްޕެއް ކުރިއަށް ދާނެއެވެ.
މޭ 2024ޅޮހީ ކުޅިވަރު އެކުވެނި

ޅޮހީ ކަނޑުފަޅު ފޯރި
ޅޮހީގެ މަސްވެރިނަންނަށް އަމާޒުކޮށްގެން ބާއްވާ ވާދަވެރި މަސްރޭހެއް މިއަހަރު ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ.
ޑިސެމްބަރ 2024—-