އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް
ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ޅޮހީގެ ހުރިހާ މުޢައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް.
– މުޢައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުން
– ވަކިވަކި މުޢައްސަސާތަކުގެ މުވަންޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުން
– ސިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކުރުވުން
– ރަށުގެ އިޖްތިމާޢީ ގުޅުންތައް ވަރުގަދަކޮށް އެކުވެރިކަން އަލާކުރުން
– މުބާރާތުގައި ބައިވެރި ވެވޭނީ ތިރީގައިވާ މުޢައްސަސާތަކަށެވެ. ކޮންމެ މުޢައްސަސާއަކުންވެސް އަންހެން އަދި ފިރިހެން 1 ޓީމް ނެރެވިދާނެއެވެ.
- ޅޮހީ ކައުންސިލް
- ޅޮހީ ސްކޫލް
- ފެނަކަ ކޯޕަރޭޝަން ( ޅޮހީ ބްރާންޗް )
- އައިސް ޕްލާންޓް
- ޅޮހީ ހެލްތް ސެންޓަރ
- ޅޮހީ މެޖިސްޓްރޭޓް ކޯޓް
- ޅޮހީ ޕޮލިސް ސާރވިސް
– މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ 20 އެޕްރިލް 2023 އެވެ.
– ޓީމް ލިސްޓްގައި ގިނަވެގެން ހިމެނޭނީ 10 ކުޅުން ތެރިންނެވެ. މަދުވެގެން 5 ކުޅުންތެރިންނެވެ.
– ޓީމް ލިސްޓް ހަމަވާ ވަރަށް މުޢައްސަސާއެއްގައި މުވައްޒަފުން ނެތްނަމަ، ރަށު ތެރޭން 1 ކުޅުންތެރިއަކު ޓީމް ލިސްޓްގައި ހިމެނިދާނެއެވެ. ނުވަތަ ދެ މުޢައްސަސާ އެއްކޮށްލައިގެން 1 ޓީމް ނެރެވިދާނެއެވެ.
– ކޮންމެ މުޢައްސަސާއަކަށްވެސް ރަށުތެރެއިން 1 ކުޅުންތެރިއަކު ޓީމް ލިސްޓްގައި ހިމެނުމުގެ ފުރުޞަތު އޮންނާނެއެވެ.
– މުބާރާތް ކުރިއަށް ގެންދާނީ ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމްގެ މެދުގައި ފައިނަލް ކުޅޭ ގޮތަށެވެ.
– މުބާރާތް ކުރިއަށް ގެންދާނީ ފުޓަސަލްގެ އާންމު ގާވާއިދު ތަކާއި އެއްގޮތަަށެވެ. މެޗެއްގައި ކުޅޭނީ 20 މިނެޓްގެ ދެ ހާފެވެ.
– މުބާރާތާއި ގުޅޭ ހުރިހާ ކަމެއް ރާވާ ހިންގާނީ ޅޮހީ ކައުންސިލުން މުބާރާތް ހިންގުމަށް ނަގާ ކޮމެޓީއަކުންނެނެވެ. މި ކޮމެޓީގައި އެހެނިހެން މުޢައްސަސާތަކުގެ މުވައްޒަފުންވެސް ހިމެނިގެންދާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް
[wpforms id=“835″ title=“false“]