ސުވާލަކަށް ސުވާލެއް ޕްރޮގްރާމަކީ ޅޮހީ ކައުންސިލާއި ޅޮހީ ސްކޫލް ގުޅިގެން ކުރިއަށް ގެންދެވުނު ދީނީ ސުވާލު މުބާރާތެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ މުބާރާތުގައި ބައިވެރިވި ގޭބިސީތަކަށް ޒިޔާރަތްކޮށް އެގެއެއްގައި ދިރިއުޅޭ މީހުންނަށް ވަގުތުން ސުވާލުކޮށްގެންނެވެ. މިގޮތުން އެގެއަކުން ދީނީ ގޮތުން ކަމެއް އޮޅުން ފިލުވަން ބޭނުންވާނަމަ “ސުވާލަކަށް ސުވާލެއް” ގެ ޓީމަށް ހުށަ އެޅުމުން އެސުވާލަކަށް ވަގުތުން ޖަވާބުހޯދައި ދެވުނެވެ. ގޭބިސީތަކުން ކުރާ ކޮންމެ ސުވާ ލަކަށް “ސުވާލަކަށް ސުވާލެއް” ގެ ޓީމުންވެސް ސުވާލެއް ކުރިއެވެ. އަދި ރަނގަޅު ޖަވާބު ދެއްވައިފިނަމަ ވަގުތުން އިނާމެއް ހަވާލުކުރެވުނެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ދީނީގޮތުން އުފެދިފައިހުރި ސުވާލުތަކަށް ޖަވާބި ހޯއްދެވިކަމަށްޓަކައި އެންމެހާ ބައިވެރިންނަށް ވަރަށް ޅޮހީ ކައުންސިލުގެ ނަމުގައި ޝުކުރުދަންނަވަމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މިރަށަށް ނިސްބަތްވާ ޝައިޙް އަލް އަޚް ޢަބްދުއްރަޙީމް މުޙައްމަދުގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކަމަށްޓަކައި ޝެއިޙައް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ޅޮހީ ސްކޫލްގެ ސްކައުޓް ކުދިންގެ ފަރާތުން ލިބުނު އެހީތެރިަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކޮށްލަމެވެ.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *