ރީތި ނަލަ ޅޮހި
ފެހިގަސްތަކާއި، ބިޔަ ބޮޑެތި ނިިކަގަސްތަކުން ހިޔާލިބޭ ރީތި ދޮންވެލި އަތިރިމައްޗާއި، ސާފު ރީތި މޫދުން އުފާލިބޭ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ޅޮއްސަށް މަރުޙަބާ!







ދުވަސް ފެށުމަށް ….
ޅޮހީ މީހުންގެ ވާހަކަ
ޅޮއްސާއި ގުޅޭ ލައްކަ ވާހަކަ އެއްތަން ކުރުން
ކޮންމެ ރަށަކީވެސް ދިގު ތާރީހެއް އޮންނާނެ ރަށެކެވެ. ވަކި ސަޤާފަތާކާއި އާދަކާދަ ތަކެއް ގެންގުޅޭ ރައްޔިތަކު ދިރި އުޅޭނެ ރަށެކެވެ. ކާބަފައިންގެ އުޅުމާއި ގުޅުމާއި، އެމީހުންގެ ރައްވެހި ދިރިއުޅުމަކީ އޭގެން ޢިބްރަތެއް ހާސިލުކުރެވޭނެ ލައްކަ ގިނަ ވާހަކަ އެވެ. ”ޅޮހީ މީހުންގެ ވާހަަކަ“ އަކީ މިދެންނެވި ހުރިހާ ވާހަކަ އެއްކޮށް ފެންނާނެހެން ލިޔެ ހާމަކުރުމަށް ފަށާ މަސައްކަތެކެވެ.