ކޮންޓްރެކްޓް ފާމިން އަކީ ކުންފުންޏާ ދަނޑުވެރިޔާއާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ، ދެފަރާތުގެ މަސްއޫލިއްޔަތު ބަޔާންކޮށް ތަރުތީބު ކުރެވިގެން ، ވިޔަފާރީގެ ވިސްނުމަކަށް ދަނޑުވެރިޔާ އަހުލުވެރި ކުރުވައި ، ޒިންމާދާރު ގޮތެއްގައި ދަނޑުވެރިކަންކުރުމަށް ދަސްކޮށްދީ، ހައްދާތަކެތި ވަކި އުސޫލަކުން ގަނެވިއްކާ ނިޒާމެއްގެ ދަށުން ކުރާ ދަނޑުވެރިކަމެކެވެ. މިގޮތުން ކުރިއަށް ކުރިއަށް ގެންދާނެ މައިގަނޑު ހަރަކާތް ތަކަކީ:

  • ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ، މާލީ އެހީ ފޮރުކޮށްދިނުން
  • ދަނޑުވެރިންނާއި ވިޔަފާރިވެރިން، އަދި ކަސްޓަމަރުން ގުޅުވައިދޭ ނިޒާމެއް ޤާއިމްކުރުން
  • އެގްރޯ ކައުންސިލް އާގުޅިގެން ދަނޑުވެރިކަމުގެ ކޮންޓރެކްޓެއް ހެދުން
  • ދެމެހެއްޓެނިވި ގޮތަކަށް ދަނޑުވެރިކަން ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެގޮން ޖެހުންތައް ނައްތާލަން މަސައްކަތް ކުރުން

އެގްރޯ ނެޝެނަލް ކޯޕަރޭޝަން އަކީ ކޮބާ؟

އެގްރޯ ނެޝެނަލް ކޯޕަރޭޝަން އަކީ ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި، ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ޖަޒީރާވަންތަ ތިމާވެށީގައި އުފެއްދިދާނެ ބާވަތްތައް ، ރާއްޖެ އެތެރެކުރެވޭ މިންވަރު ދަށްކޮށް ، ރާއްޖޭގެ ދަނޑުވެރިން ލައްވާ ހައްދައި އެތަކެތި ގަނެ ، ތާޒާކަމާއި ރައްކާތެރިކަމާއެކު ބަލަހައްޓައި ، ބާޒާރަށް ނެރެ ވިއްކުމެވެ.

ކޮންޓްރެކްޓް ފާރމިން ކުރިއަށް ދާގޮތް

ކޮންޓްރެކްޓް ފާރމިންގ މަސައްކަތްކުރަނީ މައިގަނޑު 5 ޙަރަކާތެއްގެ މައްޗަށެވެ. އެއީ: –

  • ކުންފުންޏަކާ ނުވަތަ ވިޔަފާރިޔަކާ އަދި ދަނޑުވެރިއަކާ ދެމެދު، ދަނޑުވެރިކަން ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުން.
  • ދަނޑުވެރިޔާ އަށް، ފަންނީ އަދި މާލީ އެހީތެރިކަން ކުންފުނިން ފޯރުކޮށްދީ ދަނޑުވެރިން ތަމްރީން ކުރުން.
  • އޮށް އިންދާ ހިސާބުން ފެށިގެން، ގޮވާން ކެނޑުމާ ހަމަޔަށް، ކުންފުނިން، ދަނޑުތައް ބަލަހައްޓައިދީ، މޮނިޓަރ ކޮށް އެހީވުން
  • ދަނޑުވެރިޔާ ހައްދާ ތަކެތި ކުންފުންޏަށް ގަތުން.
  • ދަނޑުވެރިން ހައްދާ ތަކެތި ކުންފުނިން މާރކެޓް ކުރުން ނުވަތަ ކުންފުނިން ބައިޕްރޮޑަކްޓް އުފެއްދުން

ކޮންޓްރެކްޓް ފާރމިންގެ ފައިދާތައް

  • ދެމެހެއްްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން މަގުފަހިވުން
  • ޒިންމާދާރު ދަނޑުވެރިކަމަށް ހޭލުންތެރިވުން
  • ބޭނުންވާ ފަންންނީ، އަދި މާލީ އެހީތެރިކަން ފަސޭހައިން ލިބުން
  • ހައްދާ ތަރުކާރީއާއި މޭވާ ފަސޭހައިން ވިއްކުން

ކޮންޓްރެކްޓް ފާރމިންގައި ބައިވެރިވުމުގެ މަރުހަލާތައް

  •  ފޯމަށް ބޭނުންވާތަކެތި ހަމަކުރުން (ބޭންކް އެކައުންޓް ، އައިޑީކާޑު، ދަނޑުގެ އަދި ގޯތީގެރަޖިސްޓަރީ/އެހެން މީހެއްގެ ބިމުގައި ދަނޑު ހައްދާނަމަ އިއުތިރާޒެއް ނެތް ކަމުގެ އެއްބަސްވުން)
  • ރަޖިސްޓްރޭޝަން ފޯމު ފުރުން ( ފޯރމް ޑައުންލޯޑް ކުރައްވާ، ނުވަތަ އޮފިހަށް ދުރުވެ ފޯރމް ފުރުއްވާ)
  •  ދަނޑުބިން ނުވަތަ ގޯތީގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ސައިޓް ޗެކްކޮށް ސާރވޭ ކުރުން 
  •  ދަނޑުވެރިން، އެގްރޯނެޓްގެ ދަފުތަރުގައި ދަނޑުވެރިޔެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުން
  • ދަނޑުވެރިޔާއާ އެކު އެގްރިމެންޓްގައި ސޮއިކުރުން
  • ޕްރީ ޕެކްގެ މަޢުލޫމާތު ދިނުން
  • ސީޑްސް ( ގޮވާން ކުރާ އޮށް ހަވާލުކުރުން )
  • ދަނޑު ސާފުކުރުން ނުވަތަ ދަނޑުގައި އެއްޗެއް ހައްދާފައިވާ ނަމަ ، އަދި އެއެއްޗެއް ކޮންޓްރެކްޓް ފާރމިންގެ އެއްބަސްވުމުގެ ތެރެޔަށް ލާން ، ދަނޑުވެރިޔާ ބޭނުން ނަމަ ، އެބާވަތެއްގެ އިންވެޓްރީ ނެގުން.
  • ނާރސަރީގައި ، ބެޑްގައި ނުވަތަ ބިމުގައި އޮށް އިންދުން 
  • ތާވަލާ އެއްގޮތަށް އަދި އެގްރޯނެޓްގެ އިރްޝާދާ އެއްގޮތަށް ދަނޑުހައްދަން ފެށުން
  • ދަނޑަށް ޖެހޭ ބައްޔާއި ދިމާވާ މައްސަލަތައް ބަލައި މޮނިޓަރކޮށް ހެދުން އަދި އެކަންކަން އެގްރޯނެޓަށް ރިޕޯޓް ކުރުން.
  • ދަނޑުގައި ހައްދާ ބާވަތްތައް ދޮންވެ ފައްކާވެ ކަނޑަން ޖެހުމުގެ 7 ދުވަސް ކުރިން ރީޖަނަލް ޑިޕާރޓްމަންޓްގެ ސަމާލުކަމަށް އެކަން ގެނައުން
  • ދަނޑުގައި ހައްދާ ބާވަތްތައް ކަނޑައި ދަނޑުވެރިން އެތަކެތި ޙަވާލުކުރުމުން ، އިންވެންޓްރީ ނަގައި ، ރީޖަނަލް ޑިޕާޓްމަންޓަށް އެންގުން
  • ރައްކާތެރިކަމާއެކު އެތަކެތި ގުދަން ކޮށްފައި ބެހެއްޓުން
  • ގުދަނުގައި ހުންނަ ތަކެތި ރަނގަޅަށް ޕެކްކޮށް ، އެގްރޯނެޓުން އަންގާ ގޮތެއްގެމަތިން ، އަންގާ ތަނަކަށް އެތަކެތި ފޮނުވުން
  • ދަނޑުވެރިޔާ ، ޤަވާޢިދުން ފުރިހަމަކުރަންޖެހޭ ކަންކަމުގައި އައިލޭންޑް ކޯޑިނޭޓަރ އެހީތެރިވެދޭނެއެވެ.

އިތުރު މަޢުލޫމާތު : 7917339

Similar Posts