2024 ވނަ އަހަރަށް ރޭވިފައިހުރި ކުޅިވަރު ހަރަކާތްތައް

  • މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ގައި ބައިވެރިވުން

    ނ. ކެނދިކުޅުދޫގައި މިއަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި ޅޮހީ ފުޓްބޯޅަ ޓީމް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
    23 އޭޕްރީލް 2024
    ކ. ކެނދިކުޅުދޫ ސްޓޭޑިއަމް
  • ޅޮހީ ފުޓްސަލް ޓޯރނަމެންޓް 2024

    ޅޮހީގެ ހުރިހާ ޒުވާނުނަނަށް އަމާޒުކޮށްގެން ހިންގާ ވާދަވެރި ފުޓްސަލް މުބާރާތް މިއަހަރުވެސް އޮންނާނެއެވެ.
    ސެޕްޓެމްބަރ 2024
    ޅޮހީ ފްޓސަލް ދަނޑު
  • އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2024

    ރަށުގައިހުރި ސަރުކާރު މުޢައްސަސާތަކާއި، ކުންފުނިތަކުގެ މެދުގައި ކުރިއަށް ގެންދެވޭ އެކުވެރިކަމުގެ ފުޓްސަލް މުބާރާތް މިއަހަރުވެސް ބާއްވާގޮތަށްވަނީ ހަމަޖެހިފަ އެވެ.
    ޖޫން 2024
    ޅޮހީ ފުޓްސަލް ދަނޑު
  • ޅޮހީ ބޮޑު އޮޅު ޗެލެންޖް

    ޅޮހީ ކައުންސިލުން ބާއްވާ ފުރަތަމަ ރާޅާއެޅުމުގެ މުބާރާތް މިއަހަރު ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
    ނޮވެމްބަރ 2024
    ޅޮހީ ބޮޑު އޮޅު
  • ޅޮހީ ކައުންސިލް ވޮލީ ޗެލެންޖް 2024

    ޅޮހީ ކައުންސިލުން ކުރިއަށް ގެންދާ ފުރަތަމަ ވާދަވަރި ވޮލީ މުބާރާތް މިއަހަރު ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. މުބާރާތުގެ ކުރިން ވޮލީ ކޯޗިންކޭމްޕެއް ކުރިއަށް ދާނެއެވެ.
    މޭ 2024
    ޅޮހީ ކުޅިވަރު އެކުވެނި
  • ޅޮހީ ކަނޑުފަޅު ފޯރި

    ޅޮހީގެ މަސްވެރިނަންނަށް އަމާޒުކޮށްގެން ބާއްވާ ވާދަވެރި މަސްރޭހެއް މިއަހަރު ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ.
    ޑިސެމްބަރ 2024
    —-