ޅޮހީ އަންގެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން 7 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވުނު ވޫލުންތަކެތި ހެދުމަށް ދަސްކޮށް ދޭ ކޯހުގެ ނިންމުން ފަހާގަކުރުމުގެ ގޮތުން ރަސްމިއްޔާތެއްވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތުގައި ކޯސް ފުރިހަަމަ ކުރިދަރިވަރުނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނ. ޅޮހީ ކައުންސިލުގެ ރައީސް އަލްފާޟިލް އިބްރާހީމް މުޙައްމަދެވެ. މިކޯހަކީ އަތްތެރި މިފަދަ އަތްތެރިކަމުގެ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ކާރެއްކަމުގައިވާ އަލްފާޟިލާ ޒަހީނާ އިމާދު / މ.ތަބައްގެ، ކ. މާލެ ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ކުރު މުއްދަތުގެ ކޯހެކެވެ. ކައުންސިލުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ކޯސްތަކެއް ރަށުގެ އެކި އުމުރުފުރައިގެ ބޭފުޅުންނަށް އަމާޒުކޮށް ހިންގުމެވެ.
Similar Posts
އިންޓަރ އޮފީސް ފުރަތަމަ ފުޓްސަލް ޗެލެންޖް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ނ. ޅޮހީގައި ރައްޔިތުންނަށް ޚިދުމަތްދެމުން ގެންދާ ސަރުކާރު ހުރިހާ މުޢައްސަސާތަކެއްގެ މެދުގައި ކުޅެވޭ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 7 މޭ 2023…
ޅޮހީ ސްޕޯރޓްސް ޗެލެންޖް ފުޓްސަލް ޓޯރނަމެންޓް 2023 ކާމިޔާބު ކަމާއެކު ނިންމާލައިފި
ޅޮޙީ ކައުންސިލުން އިންތިޒާމްކުރާ ފުރަތަމަ ފުޓްސަލް މުބާރާތް ”ޅޮހީ ސްޕޯރޓްސް ޗެލެންޖް ފުޓްސަލް ޓޯރނަމެންޓް 2023“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޅޮހީގައި ފުޓްބޯޅައިގެ…
ގޭތެރޭގައި ގެންގުޅޭ ކަރަންޓް ސާމާނު ބޭނުންކުރުމަށް އަންހެންބޭފުޅުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް
ހުނަރުވެރި މަސައްކަތްތަކަށް އަންހެން ބޭފުޅުން އަހުލުވެރިކޮށް، އާންމުކޮށް ގޭގައި ގެންގުޅޭ ކަރަންޓް ސާމާނު ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި، ކުދި މަރާމާތުތައް ދަސްކޮށްދިނުމުގެ…
ޅޮހީ ޢީދު ފޯރި 1443
1443 ވަނަ އަހަރުގެ އުފާވެރި އަލްޙާޢީދު މާތްވެގެންވާ ޢީދުނާމާދުން ފށިގެން ގޮސް ތަފާތު ކުޅިވަަރިތަކާއި އެކު ނިންމާ ލެވިއްޖެއެވެ. އީދު ނަމާދަށް…
މެންގްރޫވް އައިލަންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2024 ގައި ބައިވެރިވާން ނިންމުން
ނ. ކެނދިކުޅުދޫގައި މިއަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ފުޓްބޯޅަ މުބާރާތް ”މެންގްރޫވް އައިލަންޑް…
ޅޮހީ ފުޓްސަލް ޓީމަށް މަރުޙަބާ!
ޓެކާރސް ފުޓްސަލް ޗެމްޕިއަންޝިޕް މޯލޑިވްސް ކަޕުގެ ނ. އަތޮޅު މުބާރާތުގެ ރަނަރއަޕް ޓީމް ގެ މަޤާމް ހޯދި، ޅޮހީގެ ފުޓްސަލް ޓީމަށް…