ނ. ޅޮހީ ކައުންސިލާއި ގުޅިގެން ސޮނެވާ ނަމޫނާ ޕްރޮޖެކްޓުން އިންތިޒާމްކޮށްގެން ހިންގި ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްގެ ދަސްވެނިވުން ފާހަގަ ކޮށްފިއެވެ. މި ކޯހަކީ ނ އަތޮޅާއި ބ އަތޮޅުގެ ރަށްތަކަށް އަމާޒިކޮށްގެން ހިނގުނު ކޯހެކެވެ. މިކޯހުގައި މި ދެއަތޮޅުން 7 ރަށަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިކޮށް ކުރިއަަށް ގެންދެވިފައިވަނީ ނ. ޅޮހީގައެވެ. ދަސްވެނިވުމުގެ ހަފްލާ ބާއްވާ ފައިވަނީ 11 މާރިޗް 2022 ގައި ބ. ކިހާދޫގައެވެ. މި ކޯސް ކުރިައަށް ގެންދިއުމުގައި ޅޮހީގެ އަންހެންނުގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި، ރަށުގެ މުޢައްސަސާތަކާއި، ޖަމިއްޔާތަކުން އަދި ޒުވާނުންގެ ފަރާތުން ލިބިގެންދިޔަ އެންބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
މި ކޯހުގައި ނ.ޅޮހީން ބައިވެރިވި 3 ދަރިވަރުންނަށް ޅޮހީ ކައުންސިލުގެ ނަމުގައި މަރުހަބާ ދަންނަވަމެވެ. އަދި މިރަށަށް މި ދާއިރާއިން އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.