ދީނީ ހޭލުންތެރިކަން އިތުރުކޮށް ހެޔޮލަފާ ރައްޔިތެއް އުފެއްދުމުގެ މާތް މަޤްޞަދުގައި ކުރިއަށް ގެންދެވުނު ދީނީ ދަރުސް ޕްރޮގްރާމެއް ވަނީ 11 އަދ ި12 މާރިޗް ގައި ޅޮހީގައި ކުރިއަށް ގެންދެވިފައެވެ. މި ޕްރޮގްރާމްގައި ދީނީ ދަރުސް ދެއްވީ ރައްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިއެއް ކަމުގައިވާ އައްޝައިޚް ޑޮކްޓަރ ޢަބްދުއް ސައްތާރު ޢަބްދުއްރަޙްމާން އެވެ. މި ޕްރޮގްރާމްގެ ތެެރެއިން ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ”ތިޔަބައިމީހުންގެ ނަފްސްތައް ނަރަކައިން ސަލާމަތްކުރާށެވެ“  މިނަމުގައި  ވަނީ ބޮޑު ދަރުސެއް ބޭއްވިފައެވެ. މި ދަރުސް ބޭއްވީ ޅޮހީ ފުޓްސަލް ދަނޑު ގައެވެ. މި ދަރުހުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ޅޮހީގެ އެއްމެހާ  މުޢައްސަސާތަކުންނާއި ސިޔާސީ ޕާޓީތަކުން އަދި ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. މި ދީނީ ދަރުސް ޕްރްގްރާމް ކުރިއަށް ގެންދިއުމުގަައި އެހީތެރި ވެއްދެއްވި ކަމަށްޓަކައި މިލަދޫ ޔޫތް މޫވްމަންޓް އަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

މި ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިންނަށާއި ބެލެނިވެރިންނަށް ހާއްސަ ކޮށްގެން ސެސަންތަކެއް ނަގައި ދެވުނެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ގިނަ ދީނީ ސުވާލުތަކަށް ޖަވާބު ފޯރުކޮށް ދެވުނެވެ.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *