ބިނާވެށި ޕްލޭން
- ޖިއޮގްރަފިކް ކޯޑިނޭޓްސް: 48.99’ N , 73⁰22.69’E⁰5
- ރަށުގެ ބޮޑުމިން: 40.86 ހެކްޓަރ
- ބައިބޯމިން: ހެކްޓަރ އަކަށް 22 މީހުން.
- ރަށުގައިކުރެވޭ މައިގަނޑު މަސައްކަތްތައް: ކަނޑުމަހާއި ބޮޑުކަންނެލީގެ މަސްވެރިކަމުގެ އިތުރުން ފަރުމަސް ވެރިކަމާއި، ވަޑާމާއި،ކޮންސްޓްރަކްޝަން މަސައްކަތާއި، ފަންގިވިނުން އަދި ޓޫރިޒަމްގެ މަސައްކަތް
- ރަށުގެ އާބާދީ: 971
- ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތީގެ އަދަދު: 209
- މީހުން ދިރިއުޅޭ ގޯތީގެ އަދަދު: 118
- ފަޅު ގޯތީގެ އަދަދު: 08
- ދޫކުރަން ޕްލޭން ކުރެވިފައިވާ ގޯތީގެ އަދަދު:144
ރަށުގެ ބިން ބޭނުންކުރަމުންދާގޮތް
ރަށުގެ ބޮޑު މިނަކީ: 40.86 ހެކްޓަރެވެ.
މިހާރު ބިން ބޭނުންކުރަމުންދާގޮތުގެ ތަފްސީލް ތިރީގައިވާ ތާވަލުން އެފެންނަނީއެވެ.
| މިހާރު ރަށުގެ ބިން ބޭނުންކުރެވޭ ގޮތުގެ ތަފްސީލް | ހެކްޓަރުން | އަކަފޫޓުން | % |
| ރަށުގެ ބޮޑުމިން | 40.86 | 4398009.62 | 29 |
| މިހާރު ބޭނުން ކުރެވޭ ބިމުގެ ބޮޑުމިން ( މަގުތަކާއި އެކު ) | 19.00 | 2042757.83 | 14 |
| ހުސްބިމުގެ ބޮޑުމިން ( ވާ އަދި ބަނދަރުމަތި ހިމަނައިގެން ) | 22.23 | 2392461.8 | 16 |
| ދިރިއުޅުމަށް ދުކޮށްފައިވާ ގޯތި | 8.27 | 890904.77 | 6 |
| ޢިޖްތިމާއީ ބޭނުންތަކަށް | 1.45 | 156238.67 | 1 |
| އާއްމު ޙިދުމަތްތަކަށް | 1.15 | 124085.98 | 1 |
| ވިޔަފާރި | 0.18 | 19716.19 | 0 |
| ކުޅިވަރު ބިން | 1.37 | 147939.79 | 1 |
| ވާ | 16.59 | 1785659.36 | 12 |
| ހުސްބިން | 21.88 | 2355251.01 | 16 |
| ދަނޑުބިން | 0 | 00 | 0 |
| ބަނދަރުމަތީ މުދާ އަރުވާ ބާލާ ސަރަހައްދު | 0.35 | 37210.01 | 0 |
| މަގުތަކާއި ގޯޅިތައް | 6.19 | 666662.42 | 5 |
ދުރުރާސްތާގައި ރަށުގެ ބިންނޭނުންކުރާނެގޮތުގެ ޕްލޭންގެ މައިގަނޑު ބައިތައް:
ރަށުގެ ހުސްބިމަކީ ރަށަށް ބޭނުންވާ ވަރަށް ގިނަ ތަފާތު އާންމު ޚިދުމަތްތަކަށް ވަރަށް މުހިއްމު ރިސޯސެކެވެ. އަދި މީގެއިތުރުން ރަށެއްގައި ކުޑަކުދިންނާއި ޒުވާނުން ކުޅިވަރު ކުޅޭނެ ބިން ، އަދި ރަށުގެ އެންމެންނަށްވެސް ނުކުމެ އުޅޭނެ ހާމަ ސަރަޙައްދުތަކަކީ ވަރަށް މުހިންމު ތަންތަނެވެ. ވީމާ ރަށުގެ ހުސްބިމުން ހަމައެކަނި ގޯތިތަކެއް ނަގާ ފުރާލައިފިނަމަ މާހައުލަށް އެއްވެސް ކުރިއެރުމެއް ނާންނާނެއެވެ. މިސަބަބުތަކަށްޓަކައި ޕްލޭންކުރެވުނު ސަރަހައްދުން ބިން ބަހާލެވިފައިވަނީ ގޯތިދޫކުރުމާއެކު ، އިންސްޓްޓިޔުޝަން އާއި އާންމު ޚިދުމަތްތަކަށާއި، ވިޔަފާރި ބޭނުންތަކަށާއި ، ކުޅިވަރުކުޅޭނެ ސަރަހައްދުތަކާއި، ޕާކު / ފެހި ސަރަހައްދުތަކާއި ، ސިނާއީ ސަރަހައްދުތަކާއި އަދި ރިޒަރވް ކުރެވިފައިވާ ބިންވެސް ހިމެނޭނެ ގޮތުންނެވެ. މިބިން ބޭނުންކުރެވޭނެ އެކަމަށް އެންމެ ބޭނުންވާ ވަގުތު އެވަގުތަކަށް އެންމެ ބޭނުންވާ މިންވަރަށެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭރިޔާ ( އީޕީޒެޑް )
އެންވަޔަރަންމަޓަލް ޕްރޮޓެކްޝަން އޭރިއާ ނުވަތަ ތިމާވެށި ހިމާޔަތްކުރާ ސަރަހައްދެއްގެގޮތުގައި ބިންހިއްކާ ރިވެޓްކޮށްފައިވާ ސަރަހައްދުވަށައިގެން 20 މީޓަރު ނުވަތަ 60 ފޫޓުގެ ފުޅާ ސަރަހައްދެއް އަށުގެ ވަށައިގެން އީޕީޒެޑް ގެ ގޮތުގައި ކަނޑައެޅިފައިވާނެއެވެ. މިގޮތުން އެންވަރަންމަންޓަލް ޕްރޮޓެކްޝަން އޭރިޔާއަށް 502080.62 އަކަފޫޓްގެބިން ރަށުގެ އެކިދިމާލުން ކަނޑައެޅިފައިވެއެވެ. މިއީ ހުސްބިމުގެ %26 އެވެ. އަދި މިހާރުމީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެންވަރަންމަންޓަލް ޕްރޮޓެކްޝަން އޭރިޔާއެއްގެގޮތުގައި އެކަށީގެންވާ ހުސްސަރަހައްދެއް އޮތްކަންފާހަގަކުރަމެވެ.
ގޯތި
މިޕްލޭންގައި އަލަށްގޯތިދޫކުރުމަށް 286844.04 އަކަފޫޓްގެބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %15 އެވެ. އަދި މިބިމުން 2000 އަކަފޫޓްގެ 144 ގޯތިނެގޭނެއެވެ.
ޕަބްލިކް ހައުސިންގ ޔުނިޓް ( ފްލެޓް )
ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ބިމުގެއިތުރުން ޕަބްލިކް ހައުސިންގ ޔުނިޓް ނުވަތަ ފުލެޓްއެޅުމަށް 60084.94 އަކަފޫޓްގެބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %3 އެވެ.
އިނިސްޓިޓިއުޝަން އާއި ޢާއްމު ޚިދުމަތްތައް:
މިސްކިތާއި، ޕްރީސްކޫލް އަދި އޮފީސްފަދަ އިޖްތިމާޢީ އެކިބޭނުމަށް 55795.33 އަކަފޫޓްގެ ބިން ކަނޑައެޅިފައި ވާނެއެވެ. މިއީ ހުސްބިމުގެ %3 އެވެ.
ވިޔަފާރި ބޭނުންތަކަށް ކަނޑައެޅިފައިވާ ސަރަހައްދު:
ވިޔަފާރި އަދި ވިޔަފާރިއާއި ގުޅުންހުރި ބޭނުންތަކަށް އެކިހިސާބުތަކުން 86152.44 އަކަފޫޓްގެބިން ފާހަގަކުރެވިފައިވާނެއެވެ. މިއީ ހުސްބިމުގެ %4 އެވެ.
ޕާރކުފަދަ ކުޅިވަރުކުޅޭ ފެހި ބިންތައް:
ތަފާތުކުޅިވަރުތައް ކުޅުމަށް އެކިހިސާބުތަކުން 148605.03 އަކަފޫޓްގެބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %8 އެވެ.
ސިނާއީ ސަރަހައްދު:
އޮޑި ދޯނިފަހަރުބަނދެ މަރާމާތުކުރުމަށާއި، ބަނދެ މަރާމާތުކުރުމަށް ގެންނަތަކެތި ގުދަންކުރުމަށާއި، އަދި ސިނާއީ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި 28951.25 އަކަފޫޓްގެ ބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %1 އެވެ.
މައިގަނޑު އިންފްރާސްޓްރަކްޗަގެ ޚިދުމަތްތަކަށް ކަނޑައެޅިފައިވާ ބިން:( ޔުޓިލިޓީސް)
މައިގަނޑު އިންފްރާސްޓްރަކްޗަރގެ ޚިދުމަތްތައް ގާއިމުކުރުމަށް 3026.08 އަކަފޫޓްގެ ބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %0 އެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބިން:
ފަތުރުވެރިކަން ތަރައްޤީކުރުމަށް 99109.62 އަކަފޫޓްގެބިން ކަނޑައެޅިފައިވާނެއެވެ. މިއީ ރަށުގެ ހުސްބިމުގެ %5 އެވެ
މަގާއި ގޯޅި:
މަގާއިގޯޅީގެ ގޮތުގައި 301912.18 އަކަފޫޓްގެ ބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %15 އެވެ.
ރިޒާރވް ކުރެވިފައިވާ ބިން:
ކުރިމަގުގައި ގޯތިދޫކުރުންފިޔަވާ އެހެނިހެން ބޭނުންތައް ކުރުމަށް ރިޒާވްކުރެވިފައިވާ ބިމުގެގޮތުގައި 274498.71 އަކަފޫޓްގެ ބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %14 އެވެ.
އޯޕަން/ގްރީން ބަފަރ އޭރިޔާ:
ޓްރާންސްޕޯޓްގެ އެކިބޭނުންތަކަށް އެކިހިސާބުތަކުން 71838.08 އަކަފޫޓްގެބިން ފާހަގަކުރެވިފައިވާނެއެވެ. މިއީ ހުސްބިމުގެ %4 އެވެ.
ޓްރާންސްޕޯޓްގެ އެކިބޭނުމަށް:
އޯޕަން ގްރީން ބަފަރ އޭރިޔާގެ ގޮތުގައި 10775.18 އަކަފޫޓްގެ ބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ 1% އެވެ.
އެގްރިކަލްޗަރ އޭރިޔާގެ ގޮތުގައި ކަނޑައެޅިފައިވާ ބިން:
ދަނޑުވެރިކަން ކުރުމަށްޓަކައި 13546.26 އަކަފޫޓްގެ ބިން ކަނޑައެޅިފައިވާނެއެވެ. މިއީ ހުސްބިމުގެ %1 އެވެ.
ރަށުގެ ގަސްގަހާ ގެހި
ރަށުގެ ޢާންމު ސަރަހައްދުތަކުގައި ހެދިފައިހުރި ރުއްގަހުގެ ތެރެއިން ގަހުގެ ދިގުމިނުގައި މަދުވެގެން 10 ފޫޓު، ގަހުގެ ބުޑުން ފެށިގެން 1.5 މީޓަރުގެ އުސްމިނުގެ ގަހުގެ މައިގަނޑުގެ ވަށަމިނުގައި މަދުވެގެން 1 ފޫޓު އަދި ރުއްގަހުގެ ހިޔާގަނޑު ބޮޑުމިނުގައި މަދުވެގެން 15 ފޫޓު ހުރި 3511 ރުކާއި 2282 ގަސް ވަލާއެކު އާންމު ސަރަހައްދުތަކުގައި ހުރިކަން ފާހަކަކުރެވެއެވެ. މީގެއިތުރުން ރަށުގެ އެކި ހިސާބުތަކުގައި ހިމާޔަތްކުރެވިފައިވާ ޖުމްލަ 17 ނިކަގަސް ޗާޓުގައި ފާހަގަކުރެވިފައިވާނެއެވެ.