1443 ވަނަ އަހަރުގެ އުފާވެރި އަލްޙާޢީދު މާތްވެގެންވާ ޢީދުނާމާދުން ފށިގެން ގޮސް ތަފާތު  ކުޅިވަަރިތަކާއި އެކު ނިންމާ ލެވިއްޖެއެވެ.  އީދު ނަމާދަށް ފަހު ، އާންމުކޮން އޮންނަ ޢީދު ސައި ގައި ރަށުގެ ހުރިހާ އުމުރުފުރައެއްގެ  ރައްޔިތުންވެސް ބައިވެރިވެފައިވާކަން އުފަލާއެކު ފާހަގަކޮށްލަމެވެ.  

 ޢީދުގެ ފުރަތަމަ ދުވަހު ހަވީރު ވަނީ ވަރަށް ފޯރިގަދަ ފުޓްބޯޅަ މެޗްތަކެއް ކުޅެވިފައެވެ.  މިގޮތުން 35 އަހަރުން މަތީ އުމުރުފުރައިން 2 ޓީމް އަދި 45 އަހަރުން މަތީ އުމުރުފުރައިންސް 2 ޓީމް ވަރަށް ވާދަވެރިކަމާއެކު  ޢީދު ފޯރީގައި ކުޅެފައި ވެއެވެ.  35 އަހަރުން މަތީގެ  މެޗް ނިމުނީ 2 ޓީމް އެއްވަރުވެގެންނެވެ. 45 އަހަރުން މަތީގެ މެޗް ކާމިޔާބުކުރީ“މެދު އުމުރުޓީމް“ ން ނެވެ. މި މެޗްތަކަުގައި ރަށުގެ ކުރީގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު ފެނިގެން ދިޔައެވެ. 

ޢީދުގެ ފުރަތަމަ ދުވަހުގެ ރޭަގަނޑު ވަނީ ފުޅަނދު ބުރެއް ބާއްވާފައެވެ. މި ފުޅަނދު ބުރުގައި ރަށުގެ  ސަރުކާރު މުޢައްސަސާތަކުންނާއި، ކުންފުނި ތަކުން ބައިވެރި ވެފައިވާއިރު، ރަށުގެ ގިނަ ޒުވާނުންގެ އެހީތެރިކަން ލިބިފައިވާކަން އުފަލާއެކު ފާހަގަ ކޮށްލަމެވެ.

ޢީދުގެ ދެވަނަ ދުވަހު  ވަނީ މާލި ނެރުމުގެ ހަރކާތް ކުރިއަށް ގެންގޮސްފައެވެ. މާލިނެރުމަކީ ޒަމާނުއްސުރެ މިރަށުގައި ކުރަމުން އަންނަކަމެކެވެ. މާލި ނެރުމުގެ ކަންކަމުގައި އިސްކޮށް އުޅުނު ސާފް ސްކޮއާ ނަން ފާހަގަކޮށް އެފަރާތައް ޝުކުރު އަދާކުރަމެވެ.

ޢީދު ގެ ދަވަނަ ދުވަހު ވަނީ ކުޑަ ކުދިންގެ ވާދެމުން ކުރިއަށް ގެންގޮސްފައެވެ.  މި ކުޅިވަރުގައި ޕްރީސްކޫލް ކުދިންނާއި ޕްރައިމަރީ ގްރޭޑްތަކުގެ ވަރަށް ގިނަ ކުދިން ބައިވެރިވިއެވެ.

ޢީދު ގެ  ދެވަނަ ދުވަހުގެ ރޭގަނޑު ވަނީ ސްޓޭޖް ޝޯއެއް ބާއްވާފައެވެ.

ޢީދުގެ ތިންވަނަ ދުވަހު ވަނީ ވަރަށް ފޯރިގަދަ ރިލޭ ރޭހެއް ބޭއްވިފައެވެ. މި ރިލޭރޭހުގައި 9 ޓީމް ބައިވެރިވެފައި ވެއެވެ. މި ރިލޭ ރޭހަކީ ތަފާތު ގިނަ ކުޅިވަރުތައް އެކުލެވިގެންދިޔަ، ފޯރިގަދަ ރިލޭ ރޭހެކެވެ. މި އެިވެންޓް  އުފާވެރި މަޖާ އިވެންޓަކަށް ހަދައިދިނުމަށްޓަކައި ޅޮހީ ގެ ޒުވާނުންގެ ފަރާތުން ހާއްޞަކޮން ސާފް ސްކޮއާގެ ފަރާތުން ދެއްވި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާގަކޮށްލަމެވެ. 

ޢީދުގެ ހަތަރުވަނަ ދުވަހު ކުރިއަށް ދިޔައީ ބޮޑަތި މީހުންގެ ވާދެމުމެވެ. މި މުބާރާތުގައި އަންހެން ފިރިހެން ޓީމްތައް ބައިވެރިވިއެވެ. އަދި ރަށުގައި ދިރިއުޅޭ ބިދޭސީންވެސް މިކުޅިވަރުގައި ވާދަކޮށް ޢީދުގެ އުފަލުގައި ބައިވެރިވިއެވެ.

ޢީދުގެ  ހަތަރުވަނަ ދުވަހުގެ ރޭގައި އޮތީ  ޑްރާމާ ކުޅުމެވެ.   މިރޭގެ އެންމެ ފާހަގަކޮށްލެވުނު އައިޓަމަކީ ޅޮހީ އުސްފަސްގަނޑާއި ގުޅުވަިގެން، ޅޮހީ ސްކޫލް ދިވެހި ޓީޗަރ އަލްފާޟިލާ ރަމްޒީނާ މުޙައްމަދު ލިޔުއްވާފައިވާ ހިޔާލީ ވާހަކައިގެ މައްޗައް ބިނާކޮށް ކުޅުނު ޑްރާމާއެވެ. މި ޑްރާމާގައި ޅޮހީގެ ހުރިހާ ސަރުކާރު މުޢައްސަސާތަކާއި ކުންފުނިތަކުން ބައިވެރިވެފައި ވެއެވެ.

ޢީދު ނިމިގެން ދިޔަޢީ އަންހެންވެރިންހެ ކޯޑި ނެރުމުގެ ހަރަކާތުންނެވެ.

ޢީދު ފޯރި އިތުރުކޮށް އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރުމުގެ  މަޤްޞަދުގައި ކައުންސިލުން  ނެރުނު ޢީދުޓީޝާރޓް ފަރުމާ ކޮށްދެއްވި ކަމަށްޓަކައި ހުސައިން ނިޔާޒައް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ. 

އަލްޙާ ޢީދު 1443 ކުލަ ގަދަކޮށް ފާހަގަ ކުރުމުގައި އެހީތެރި ވެދެއްވި ހުރިހާ މުޢައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުން، އަދި ރަށުގެ އެންމެހާ ޒުވާނުންނާއި ރައްޔިތުންނަށް ކައުންސިލިގެ ނަމުގައި ވަރަށްބޮޑަށް ޝުކުރުދަންނަވަމެވެ.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *