ސޮނެވާ ނަމޫނާ ޕްރޮޖެކްޓުން އިންތިޒާމް ކޮށްގެން ނ. އަތޮޅުގެ ”ނަމޫނާ“ ރައްތައް ކަމުގައިވާ، ޅޮހި، މަގޫދޫ އަދި ކުޑަފަރީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކޮށްގެން ޕާސަންލް ޑިވެލޮޕްމެންޓް ވޯކް ޝޮޕެއް ނ. ޅޮހީ ގައި ކުރިއަށް ގެންދެވިއްޖެއެވެ. މި ވޯކްޝޮޕްގެ މައިގަނޑު އަމާޒަކި އަލުން ބަލުން މަސްރޫޢްގެ މަޢުލޫމާތު ގާތުން ތިން ރަށުގެ އ.ތ.މ ކޮމެޓީތަކަށް ދިނުމާއި، މި މަސްރޫޢުގެ އިންތިޒާމްތަކާއި ގުޅޭގޮތުން މަސްވަރާކުރުމާއި، މި މަޝްރޫޢް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާނެ މަޢުލޫމާތުތައް ހިއްސާކޮށް، ތަމްރީނު ދިނުމެވެ.
އަލުން ބަލުން މަސްރޫޢްގެ މަޤްޞަދަކީ އިސްރާފު މަދުކޮށް، އިސްރާފުގެ ގޮތުގައި އުކާލާ ތަކެތި އަލުން އަނބުރާ އިޤްތިޞާދުގެ ތެރެއަށް ވެއްދުމަށް ބާރުއެޅުމާއެކު މިކަމަށް މީހުން ހޭލުންތެރިކުރުވުމެވެ.
16 ފެބްރުއަރީ 2023 ގައި ފެށުނު މި ވޯކްޝޮޕް ނިންމާލާފައިވަނީ 18 ފެބްރުއަރީ 2023 ގައެވެ. މި ވޯކްޝޮޕްގައި ”ނަމޫނާ“ ތިން ރަށުން ޖްމްލަ 11 ބައިވެރިނަ ވަނީ ބައިވެރި ވެފައެވެ.