ރަށުގެ އާބާދީ:
2022 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ޅޮހިގެ އާބާދީއަކީ 971 މީހުން ނެވެ. އާބާދީގެ އަންހެނުންގެ ނިސްބަތަކީ 471 އެވެ. އަދި ފިރިހެނުންގެ ނިސްބަތަކީ 500 އެވެ. މިރަށުގެ އާބާދީގެ ޖިންސުގެ ނިސްބަތަކީ %49 އަންހެނުންނާއި %51 ފިރިހެނުންއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބު ދައްކާގޮތުން ރަޖިސްޓްރީ ކުރެވިފައިވާ އަދަދަށް ވުރެ ރަށުގައި ދިރިއުޅޭ އަދަދު މަދެވެ. ސަބަބަކީ ތައެކިއެކި ޒަރޫރީ ބޭނުންތަކުގައި ރަށުން ބޭރަށްދާންޖެހުމުވެ. އަދި މި ސަބަބާއި ހެދި ރަށުގެ ރަޖިސްޓްރީން ކެނޑުމާއި އެހެން ރައްތަކަށް މަދުންނަމަވެސް އަންނަނީ ބަދަލުވަމުންނެވެ. މިއީ ރަށުގެ އުމްރާނީ ތަރައްޤީއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ތިރީގައި މިވަނީ “ ނ. ޅޮހި “ ގެ އާބާދީ 2046 ކަށް އަންދާޒާކުރާގޮތެވެ. އެވްރެޖް ކޮން ރަށުގެ އާބާދީއަށް ކޮންމެ އަހަރަކު އިތުރު ވަމުން އަންނަނީ 11 އާއި 16 އާއި ދެމެދުގެ ކުދިންނެވެ.
| އަހަރު | 2023 | 2028 | 2033 | 2038 | 2043 | 2048 |
| އާބާދީ އަންދާޒަކުރެވޭ ގޮތުން | 971 | 1041 | 1111 | 1181 | 1251 | 1321 |
މަތީގައިވާ ތާވަލުގެ އަންދާޒާއިން ދައްކާގޮތުގައި ރަށުގެ އާބާދީ ކުރިއައް އޮތް އަހަރުތަކުގައި ދާނީ ގިނަވަމުންނެވެ. ވީމާ، ކުރިޔަށް އޮތް ފަސްއަހަރު ތެރޭގައި ނ.ޅޮހިގެ އާބާދީ 1000 އިން މައްޗައް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރަށުގައި އިތުރުވަމުންދާ ފުރުސަތުތަކުގެ ނަތީޖާއެއްކަމަށް ފާހަގަކުރެވެއެވެ. ތާވަލުގައި ހިމަނާލެވިފައިއެވަނީ ކޮންމެ އަހަރަކަށް އެވްރެޖުކޮން 14 ކުދިންގެ ނިސްބަތުން ކޮންމެ 5 އަހަރަކުން ރަށުގެ އާބާދީއަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލެވެ.