މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި ގުޅިގެން ޅޮހީ ކައުންސިލުން ކުރިއަށް ގެންދިޔަ ނިޔަމި ކޯސް ލެވެލް 2 ވަނީ 5 ޑިސެންބަރުން ފެށިގެން ޑިސެމްބަރ 9 ވަނަ ދުވަހުގެ މުއްދަތުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މިކޯހަކީ މުޅި ނ އަތޮޅަށް ހުޅުވާލައިގެން ގެންދިޔަ ކޯހެކެވެ. މިކޯހުގައި ޖުމްލަ 24 ބޭފުޅުން ވަނީ ބައިވެރިވެފައެވެ. ނިޔަމި ކޯހަކީ ކަނޑުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހޯދުމަށްޓަކައި ކޮންމެހެން ވެސް ފުރިހަމަ ކުރަން ޖެހޭ ކޯހެކެވެ. އެހެން ކަމުން މި ރަށުގެ ވަރަށް ގިނަ މަސްވެރިންނާއި، ލޯންޗް ކެޕްޓަނުންނާއި ފަޅުވެރިންވަނީ މިކޯސް ފުރިހަމަ ކޮށްފައެވެ.