ނ. ކެނދިކުޅުދޫގައި މިއަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ފުޓްބޯޅަ މުބާރާތް ”މެންގްރޫވް އައިލަންޑް ޗެމްޕިއަންޝިޕް“ ގައި ނ. ޅޮހީ ތަމްސީލުރާނެ ފުޓްބޯޅަ ޓީމެއް ބައިވެރި ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ ޅޮހީގެ ފުޓްބޯޅަ ކުޅޭ ޒުވާނުނާއި މަޝްވަރާކުރުމަށްފަހު، ޒުވާނުންގެމެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އިޖްތިމާޢީ ގުޅުން ރަނގަޅު ކުރުމުގެ މަޤްޞަދުގައެވެ. އަދި މުބާރާތް ޅޮއްސައް ކާމިޔާބުކޮށް ދިނުމުގައި ހުރިހާ ކުޅުންތެރިން ވަރަށް ހިއްވަރާ އެކު މަސައްކަތް ކުރާނެކަމަށް ޔަޤީން ކުރަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤްވެރިވާ ފުޓްބޯޅަ ކުޅުންތެރިން، މުބާރާތް އޮންނަ ދުވަސްވަރާ ދިމާކޮށް ޗުއްޓީގެ ކަންކަން ހަމަ ޖައްސައި ދިނުމަކީ ކައުންސިލުގެ ވަރަށްބޮޑު އެދުމެކެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްލިސްޓް އެކުލަވާލުމަށް ބާއްވާ ބައްދަލުވުން މި ހަފްތާގެ ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަ ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވެލެއްވުން އެދެމެވެ.

Similar Posts